ވިޔަފާރި

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލަކަށް ރާއްޖޭގެ ގިލި ލަންކަންފުށި

Jan 21, 2015
1

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލަކަށް ރާއްޖޭގެ ގިލި ލަންކަންފުށި ހޮވިއްޖެ

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލަކަށް ރާއްޖޭގެ ގިލި ލަންކަންފުށި ރިސޯޓު ހޮވިއްޖެ އެވެ.

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ބުކިން ވެބްސައިޓް " ޓްރިޕް އެޑްވައިޒާ" އިން ހޮވި ދުނިޔޭގެ އެންމެ ފެންވަރު ހިތްގައިމު 25 ހޮޓަލުގެ ތެރޭގައި ރާއްޖޭގެ ގިލި ލަންކަންފުށީގެ އިތުރުން ހިމެނެނިފައިވަނީ ރާއްޖޭގެ ހިތްއިމު ދެ ރިސޯޓް ކަމަށްވާ ކޮކޯ އައިލެންޑް ރިސޯޓާއި ކޮންސްޓެން މޫ ފުއްޓެވެ.

ޓްރިޕް އެޑްވައިޒާގެ އެންމެ ފެންވަރު ރަނގަޅު ރިސޯޓަކަށް ހޮވުނު ގިލި ލަންކަންފުއްޓަކީ 2013 ވަނަ އަހަރު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ހޮވި އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ވެސް ލިބިފައިވާ ރިސޯޓެވެ.

ރާއްޖޭގެ އިތުރުން ޓްރިޕްއެޑްވައިޒާގެ ވަނަތައް ލިބުނު ދުނިޔޭގެ މަޝްހޫރު ރިސޯޓް/ ހޮޓާތަކުގެ ތެރޭގައި ކޮސްޓަރިކާގެ ނަޔާރާ ހޮޓެލް ސްޕާ އެންޑް ގާޑަން އާއި ޕެރޫގެ ބެލެމޮންޑް ޕެލެސީއޯ ހޮޓާ ހިމެނެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ނޫސް ވެބްސައިޓް ކަމަށްވާ ސީއެންއެންއިން ބުނީ ޓްރިޕް އެޑްވައިޒާ އިން މި އެވޯޑު ދިނުމުގައި ދުނިޔޭގެ އަށް ސަރަހައްދަކުން 8،100 އަށްވުރެ ރިސޯޓް/ ހޮޓާތައް ޖަޖު ކޮށްފައިވާ ކަމަށެވެ. މިއީ ޓްރިޕް އެޑްވައިޒާ އިން މި އެވޯޑުދިން އަށްވަނަ ފަހަރެވެ.