ޖުމްހޫރީ ޕާޓީ

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދީފި

Aug 22, 2022

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ބަޔަކު ހަމަލާދީފި އެވެ.

ޖޭޕީގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލީއަށް ބަޔަކު ހަމަލާދިނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ.

އަލީ ސޯލިހަށް ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އަލީއަށް ހަމަލާދީފައިވަނީ ހުޅުމާލޭގައި ސައިކަލްގައި ދުއްވާފައި ދަނިކޮށް އޭނާއާ ކައިރިވުމަށްފަހު ކަޓަރަކުންނެވެ. ހަމަލާ ދޭން މަސައްކަތް ކުރީ އަލީގެ ކަރަށް ކަމަށާ ނަމަވެސް ކަޓަރު އެޅިފައިވަނީ އަލީގެ އަތުގައި ބައެއް މީހުން މައުލޫމާތު ދީފައިވެ އެވެ.

އަލީއަށް ހަމަލާ ދިނުމުން ސަލާމަތްވުމަށްޓަކައި ސައިކަލް މަޑުކޮށްފައި ދުއްވައިގެން ކަމަށްވެސް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އަލީއަށް ހަމަލާ ދިން މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:26 ހާއިރު ކަމަށާއި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.