މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

0%
0%
0%

އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިރޭ ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ ފުލުހުން ނުހަނު ކަންބޮޑުވާ އަދި މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެ ފަދަ އަމަލުތަކެއް ކަަމަށެވެ.

"އެހެން ކަމުން މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ހިދުމަތުން އިލްތިމާސް ކުރަމެވެ. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،"

ފުލުހުން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ ހުޅުމާލޭގައި ރޭ ހިނގި ހާދިސާ އެއްހައި ހުޅުމާލޭގެ ގާޒީ ސްކޫލްގެ ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ވަނިކޮށެވެ. އެ މީހާއަށް ބަޔަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯގައި ބަޔަކު އަތާއި ފައިން އެ މީހާއަށް ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ.

އަދި ގާޒީ ސްކޫލްގެ އެތައް ދަރިވަރަކަށް އެެ ޓީޗަރު ޖިންސީ ގޯނާކުރި ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. ވީޑިއޯއިން އިވޭ އަޑުތައް ބަލާއިރު ޓީޗަރަށް އަނިޔާ ކުރަނީ ދަރިވަރުންގެ ބެލެނިވެރިން ކަމަށް ބެލެވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަތަރަސް

ބަލަ އެމްޑީ އެން ހަމީދުމެންކަހަލަ އަންހެނުން ޑާސްކުރާތަންތާތިބޭމީުން މިގައުމުގެ ރައްޔަތުންބަލައެއްނުގަންނާނެ ހިންނަވަރުމޯޑި ކަހަލަ އެއްއަންމައްޗަންތިބޭމީހުން ގައުމުހަޒާނާ ހުސްވެއްޖެ ފައްޓަރުބައިއާ ކާވނިކުރިއިރުދިން ސޯރުފޮތިކޮޅުވިއްކާލީމާ މިހާރ ފިޔަވަޅުއެޅެފައި؟؟

ހަވަރު

މީ ވަރަށް ސީރިއަސް މައްސަލައެއް. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މިހާރުވެސް ބޮޑެތި އަދަބުތައް ސަރީއަތުން ދެމުންދާއިރު ހައްޔަރު ނުކުރީއޭކިޔާފަ ގޮސް އަމިއްލަ އަތްމައްޗަށް ގާނޫން ނަގާކަށް ނުޖެހޭ. އަދި ހަވަރަށްދިނުމާ ދެކޮޅަށް ގާނޫން ހަދާ އެކަމުގެ އިސްކޮށްތިބި މީހުނަށް ހައްގު އަދަބު ދެވެންޖެހޭ މިތަން އިންޑިއާއަށް ބަދަލުނުވަނީސް.

އަލީީ

ވިޖިލެންޓީ ނުވަތަ ޤާނޫނު އަމިއްލަ އަތަށް ނެގުން ހުއްޓުވަން އެބަޖެހޭ. ނޫންނަމަ އަމަން އަމާންކަން ގެއްލިގެންދާނެ. ކުއްކުރާ މީހުން ހުއްޓުވާ އިންސާފު ޤާއިމް ކުރެވޭނީ ސަރުކާރުން ޤާއިމު ކޮއްފައިވާ ނިޒާމާ ކޯޓުތަކަށް، އަމިއްލަ ފަރުދުންނަކަށް ނޫން.

އަސްލު

އަދަބު ދެވޭ ނަމަކާ ތިހިނެއް ނުވާނެ ކަން ޔަގީން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345