ކްރިމިނަލް ކޯޓް

ޖިންސީ ގޯނާގެ ތުހުމަތު އޮތް ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު

0%
0%
0%

މާލޭގައި ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނީ ރެ އެވެ. އެ މައްސަލަ ހުށައެޅީ ބުދަ ދުވަހު ކަަމަށްވެސް ބުންޏެވެ.

އަދި މައްސަލައިގެ ތުހުމަތަށް އުމުރުން 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝް މީހެއް ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ދެންމެ ބުނީ އެ މީހާގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އެ ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910