މޯލްޑިވްސް ޕޮލިސް ސާވިސް

މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ ބިދޭސީން ހިފަހައްޓައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަތުރުވެރިންގެ ބަޔަކު ފުރަންގޮސް މަޑުކޮށްލައިގެން. އެއާޕޯޓުން ދެ މީހަކު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަވަސް
0%
0%
0%

މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ ބިދޭސީން ހިފަހައްޓައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެއީ ދެ ބިދޭސީން ކަމަށްވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އިންޑިއާ ދެ މީހެކެވެ. އެ ދެ މީހުންގެ މައްޗަށް އޮތީ ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓްގައި އުޅުމުގެ ތުހުމަތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910