މަރު

ތިނަދޫ މީހާއަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ

ގދ. ތިނަދޫ އިން ގެއްލިގެން ހޯދި އަންހެން މީހާ އަަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ އެވެ.

އެ ރަށު ކަސްޓަޑްގެއާގެ، ހައްވާފާނު (ހައްވަހަންތަ) ގެއްލިގެން ހޯދަނިކޮށް ފެނުނީ ތިނަދޫ މިއުޒިއަމް ޕާކު ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިންނެވެ. އުމުރުން 80 އަހަރުގެ އަންހެން މީހާ ނިޔާވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހައްވަހަންތަ ނިޔާވި ސިކުނޑިއަށް ލޭ އެޅި ފަރުވާ ދެމުންދަނިކޮށް މިރޭ ކަމަށެވެ.