ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓްގެ ޑިޓެންޝަން ސެންޓަރު ފަޅާލައި ބިދޭސީއަކު ފިލައިފި

Sep 2, 2022

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި ގާއިމުކޮށްފައިވާ ޑިޓެންޝަން ސެންޓަރުގައި ހިފަހައްޓާފައި ހުރި ބިދޭސީއަކު އެތަނުގެ ސީލިން ފަޅާލައިގެން ފިލައިފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިޓެންޝަން ސެންޓަރުން ފިލި މީހަކީ ރާއްޖެއިން ކުރިން ޑީޕޯޓް ކުރުމުން އެނބުރި ރާއްޖެ އައި މީހެކެވެ.

ނަމަވެސް އިމިގްރޭޝަނުން މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.