މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި

Sep 20, 2022

އައްޑޫ ސިޓީގައި ފުލުހުން ސައިކަލެއް ޓޯ ކުރުމުން ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު އައްޑޫން ހައްޔަރުކުރިއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިން މީހަކު މިދިޔަ ހަފްތާގައި ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މީހާ ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ނުވާތީ ކޯޓުން ވަނީ އެ މީހާ ދޫކޮށްލާފަ އެވެ.

ފުލުހުންތަކަކަށް މަގުމަތިން ހަމަލާ ދިނުމުގެ ކުށުގައިވެސް 10 މީހަކު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފަ އެވެެ.