މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް އިންޒާރުދީ ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Sep 22, 2022
1

އއ. ތޮއްޑޫގައި ފުލުހުންނަށް އިންޒާރުދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނިކޮށް އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގެއަށް ފިރިހެން މީހާ ވަދެ އެގެއިން ނިކުތުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

ފުލުހުން އެ ގެއަށް ދިޔައީ ފިރިހެން މީހާ އަންހެން މީހާގެ ގެއަށް ވަދެ އެ ދެ މީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް ފިރިހެން މީހާ އަނިޔާކުރާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުން ދިއުމުން ފިރިހެން މީހާ ފުލުހުންނަށް އިންޒާރުދީ، މާރާމާރީ ހިންގާ އަދި ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ.

އަނިޔާވި ފުލުހުންގެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުން ފަރުވާވެސް ދީފައިވެ އެވެ.