ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ

ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.

އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެހީއަކީ ކޮވިޑް-19 ގެ ވެކްސިން ބެހެއްޓުމަށާއި ތަންތަނަށް ފޮނުވުމަށާއި އިދާރީ ހަރަދުތަކަށް އޭޑީބީ އިން ވެދިން އެހީއެކެވެ.

އޭޑީބީން ވަނީ ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ދައުލަތުން ވަނީ 4.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޭގެ ތެރެއިން 943.8 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ހެލްތު މިނިސްޓްރީއަށެވެ.

މިހާތަނަށް ރާއްޖެއިން 185،042 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ. 399،114 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 384،982 މީހެކެވެ.