މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫއިން ގެއްލުނު ޒުވާނާ ހުރީ މަސްދޯންޏެއްގައި

އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދި އުބައިދުﷲ ހަސަން ހުރީ މަސްދޯންޏެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އުބައިދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 08:00 ހާއިރު އެވެ.

ރޭ ދަންވަރު ފުލުހުން ހާމަކުރި ގޮތުގައި އުބައިދުﷲއާ ފުލުހުންނާ މިހާރު ވަނީ ގުޅިފަ އެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާއާ ގުޅުނުއިރު ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫއިން ގެއްލުނު ޒުވާނާ ފެނިފައިވާއިރު، ހުޅުމާލެއިން ގެއްލިގެން ހޯދި އަޒުހާން މުހައްމަދުގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ރޭ ހުޅުމާލެއިން ވަނީ ފެނިފަ އެވެ.