ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އިންތީފް ރައޫފުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތައް
0%
0%
0%

މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމުގެ ތެރޭ އެގެއިން ފިސްތޯލެއް ފެނުނު މައްސަލާގައި ހައްޔަރުކުރި އިންތީފް ރައުފޫގެ މައްޗަށް ޕީޖީ ދައުވާ އުފުލައިފިއެވެ. އިންތީފް ރައޫފަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ އަޒުލިފް ރައޫފުގެ ކޮއްކޮއެވެ.

އިންތީފްގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އާދަމް އާރިފު ވަނީ ކަށަވަރުކޮށްދެއްވި އިރު އިންތީފްގެ މައްޗަށް އުފުލާފައިވާ ދައުވާ އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންތީފްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އިންތީފްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

މއ. ގުލާބީމަގުގައި ހުންނަ ގޯލްޑަން ބީމް އިން ފިސްތޯލައެއް ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345