ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޔޯގާ ހަމަނުޖެހުން: 19 މީހަކަށް ދައުވާކޮށްފި

Oct 3, 2022
1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް އެކަމަށް ހިތްވަރުދީ އެކަމުގައި އެކިއެކި ގޮތްގޮތުން ބައިވެރިވި މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހިންގި ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ދައުވާކޮށްފައިވަނީ 19 މީހަކަށެވެ.

ދައުވާ ލިބޭ މީހުންގެ ތެރޭގައި ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ހިމެނެ އެވެ. މި ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމް އަމަލެއް ކުރުމުގެ ދައުވާ ލިބޭ މީހުން

  • މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  • ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  • ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  • މ. ކުދެހިގެ، ހަސަން ޝިފާޒް
  • ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ދައުލަތުން ކުރާ ދައުވާ މި މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ މީހުން

  • ހއ. ހޯރަފުށީ، ޔާގޫތުގެ، މުހައްމަދު އިސްމާއީލް
  • ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  • ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާން
  • ލ. މުންޑޫ، އަންނާރުގެ، މުހައްމަދު ޝާން
  • ހދ. ކުޅުދުއްފުށި، ބާބޫގެ، ހުސައިން އަލީ
  • މ. ފަޅުމަތީގެ، އަހްމަދު އަލީ

މި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ

  • ގ. އުފުރިޔާ، މުހައްމަދު ފައިސަލް
  • މ. އޯކިޑްހައުސް، މުހައްމަދު ފައިސަލް
  • މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރަފީއު
  • ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  • ރ. ކަނދޮޅުދޫ، އަލަމާގެ، އަހްމަދު އަކްސަމް
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހު
  • މ. ކުދެހިގެ، ހަސަން ޝިފާޒް
  • ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
  • ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  • ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާން
  • ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  • މ. ފަޅުމަތީގެ، އަހުމަދު އަލީ

މި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.

މީގެއިތުުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއުގެ މައްޗަށް އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ތިން އަހަރުފެ މުއްދަތަކަށް ޖަލަށްލާނެ އެވެ. އަދި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މިކުށުގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ލިބޭ މީހުން

  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  • ރ. ކަނދޮޅުދޫ، އަލަމާގެ، އަހުމަދު އަކްސަމް
  • މ. ކުދެހިގެ، ހަސަން ޝިފާޒް

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.

ދައުލަތުން ވަނީ މުހައްމަދު އިސްމާއީލާއި މުހައްމަދު ޒިލިއަންގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައިވެ އެވެ. މި ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށްލުމެވެ.