މޯލްޑިވްސް ޕޮލިސް ސާވިސް

ހިތަދޫ މީޑިއާ ސެންޓަރުން ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް

Oct 4, 2022

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މި މީހާއަށް އެހެން މައްސަލައެއްގައިވެސް ތުހުމަތުކުރެވެ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

މި މީހާ ވަގަށް ގެންދިޔަ ތަކެތީގެ މައުލޫމާތާއި ތަނަށް ދީފައިވާ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެ އެވެ.

ފަސް އަހަރު ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އައްޑޫ ސިޓީގެ މީޑިއާ ސެންޓަރު ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގަ އެެވެ.