މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިތުރު 98 އުޅަނދެެއްގެ ރަޖިސްޓްރީ ބާތިލްކޮށްފި

Oct 5, 2022

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އިތުރު 98 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވަނީ ރަޖިސްޓްރީކޮށްދޭ އުމުރު ހަމަވެގެން ގޮސްފައިވާތީ އާއި މާލެ ޒޯނަށް ގަވައިދާ ހިލާފަށް ބަދަލުކޮށްފައިވާތީ އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާންގައި ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް އާންމުކޮށްފައިވެ އެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބާތިލްކުރި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް 50 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.