ޓޫރިޒަމް

ފަސް ދުވަހުގެ ތެރޭގައި 23،923 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 23،923 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.2 މިލިއަނަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 878،317 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އެގައުމުން 172،911 ފަތުރުވެރިން ރާއްޖެ އައިއިރު އެއީ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 14.2 އިންސައްތަ އެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާ އިން 146،806 ޓޫރިސްޓުން ރާއްޖެ އައިއިރު މާކެޓްގެ ތިންވަނައިގައި އޮތް އިނގިރޭސި ވިލާތެވެ. އެގައުއުމުން 133،280 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި އެހެން ގައުމުތައް

  • ޖަރުމަނު 97،145
  • އިޓަލީ 69،707
  • އެމެރިކާ 57،275
  • ފްރާންސް 36،147
  • ސްޕެއިން 31،990
  • ސައުދީ އަރަބިއްޔާ 27.723
  • ސްވިޓްޒަލެންޑް 24،452

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 164 ރިސޯޓާއި 154 ސަފާރީ އުޅަނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެއިތުރުން ހޮޓެލްސް އަދި ގެސްޓްހައުސްގެ ގޮތުގައި 867 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. މިތަންތަނުގެ އޮޕަރޭޝަނަލް އެނދުގެ އަދަދަކީ 58،493 އެވެ.