މޯލްޑިވްސް ޕޮލިސް ސާވިސް

ނަޑެއްލާ ކައިރިން ފަރަށް އެރި ބޯޓުގައި މުޅިންވެސް ޕާކިސްތާން މީހުން

Oct 8, 2022

ޕާކިސްތާންގެ 10 މީހަކު ތިބި ބޯޓެއް ގދ. ނަޑެއްލާ ކައިރިން ފަރަށް އަރައިފި އެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ އިރުއޮއްސި 6:21 ހާއިރު ކަމަށެވެ.

ބޯޓުގައި ތިބި އެންމެން ނަޑެއްލާއަށް ގެންގޮސްފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅެވެ.

މިއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި މި ބޯޓު ފަރަށް އަރަން މެދުވެރިވި ސަބަބެއް ވެސް ކަމާ ގުޅޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ބޯޓު ފަރަށް އެރި ސަރަހައްދުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިމައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ބޭރުގެ ބޯޓުތަކުގައި މީގެކުރިން ވެސް ބައެއް މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވެ އެވެ. ބައެއް މީހުން ފެންނަނީ އޮޅިގެން ރާއްޖެ ސަރަހައްދަށް ވަދެވިގެން އުޅެނިކޮށެވެ. އެހެން ބައެއް މީހުން ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައް