ޖިންސީ ފުރައްސާރަ

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Oct 10, 2022

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.

ހައްޔަރުކޮށްފައިވާ މީހާ އާއި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ އަކީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ބައެކެވެ.

ތުހުމަތުކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

މިފަދަ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބައެއް އިދާރާތަކުން ޔަގީންކޮށްދެ އެވެ. ނަމަވެސް އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.