މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހޯދަނީ

Oct 10, 2022
1

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، އިބްރާހިމް ޝާހީން (35އ) އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޝާހީން ހޯދަމުންދާނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.

އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކިތަނެއް ފުލުހުންނަށް އެނގިފައި ނުވާތީ އެވެ.

ފުލުހުންގެ މައި މަރުކަޒު -- ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ޝާހީން ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މެންދުރުފަހު 2:00 އަށެވެ.

ފުލުހުން ވަނީ ޝާހީންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.