ރައްޔިތުންގެ މަޖިލިސް

ޕްރައިވެޓައިޒޭޝަން ބޯޑުގެ ނައިބަށް ރުހުން ހޯދަން ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ޕްރައިވެޓައިޒޭޝަން ބޯޑުގެ ނައިބު ރައީސަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ވަނީ ކޮމިޓީއަށް ފޮނުވާފަ---ފޮޓޯ: މަޖިލިސް
0%
0%
0%

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްއަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރު، މުހައްމަދު ފިރާޟް އެވެ.

އޭނާ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވަނީ ސްޓޭޓް އޯންޑް އެންޓްޕްރައިސް [އެސްއޯއީ] ކޮމިޓީއަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގެ މެންބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބޯޑުގެ ރައީސަކީ އާސިމް މުހައްމަދު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910