ރައްޔިތުންގެ މަޖިލިސް

ޝިރުވީންއަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ފާތިމަތު ޝިރުވީނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ވަނީ ކޮމިޓީއަށް ފޮނުވާފަ -- ފޮޓޯ: އަވަސް
0%
0%
0%

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި މ. ލޭންޑް އޮފް ގާޑްން، ފާތިމަތު ޝިރުވީނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ -- އެސްއޯއީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފާތިމަތު ޝިރުވީނަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލަ އެސްއޯއީ ކޮމިޓީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ފާތިމަތު ޝިރުވީން އައްޔަންކޮށްފައިވަނީ ގާނޫނީ ދާއިރާއިންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތްކުރައްވަމުން ގެންދެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީންއަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ.

ބޯޑަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345