މޯލްޑިވްސް ޕޮލިސް ސާވިސް

ފޯނެއް ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފި

Oct 18, 2022

ފޯނެއް ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި އައްޑޫ ސިޓީގެ ހުޅުމީދޫން ހައްޔަރުކުރީ 40 އަހަރުގެ ބިދޭސީ އެކެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓްކުރުމުން ފުލުހުން ވަނީ ފޯނު ހޯދާފަ އެެވެ.

ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

އައްޑޫގައި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާތީ އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.