ރާއްޖެ ކުޅިވަރު

އޭޝިޔާ – އެފްރިކާގެ އެގްރީމަންޓަކީ މަކަރެއް. ތަހުގީގުކޮށްދިނުމަށް ޕްރިންސް އަލީ އެދިއްޖެ

ޝައިހް ސަލްމާން އާއި އީސާ ހަޔާތޫ (ވ) އެގްރީމަންޓް ބަދަލުކުރައްވަނީ: ޕްރިންސް އަލީ ވަނީ މިއީ މަކަރެއް ކަމަށް ވިދާޅުވެފައި.
0%
0%
0%

އޭޝިޔާ އާއި އެފްރިކާ އިން އެއްބަޔަކު އަނެއް ބަޔަކަށް ފުޓްބޯޅައިގެ ކަންކަމުގައި އެހީވުމަށް ހެދި އެގްރީމަންޓަކީ ހީލަތްތެރި ރޭވުމެއް ކަމަށާއި މިކަން ތަހުހީގުކޮށްދިނުމަށް ފީފާގެ ރައީސް ކަމަށް ވާދަކުރައްވާ އުރުދުންގެ ޕްރިންސް އަލީ ގޮވާލައްވައިފި އެވެ.

ފީފާގެ ކުރީގެ ނާއިބް ރައީސް އަދި އުރުދުންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަލީ ވިދާޅުވީ ހުކުރު ދުވަހު އޭޝިޔާ އާއި އެފްރިކާއިން ސޮއިކުރި އެއްބަސްވުމަކީ އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށެވެ.

މި އެގްރީމަންޓްގައި އޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އޭއެފްސީގެ ރައީސް އަދި ފީފާ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އެވެ. އެފްރިކާގެ ފަރާތުން ސޮއިކުރެއްވީ އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އަދި މިހާރު ފީފާގެ ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވި އީސާ ހަޔާތޫ އެވެ.

ޝައިހް ސަލްމާން އާއި އީސާ ހަޔާތޫ (ވ) އެގްރީމަންޓް ބަދަލުކުރައްވަނީ: ޕްރިންސް އަލީ ވަނީ މިއީ މަކަރެއް ކަމަށް ވިދާޅުވެފައި. ޕްރިންސް އަލީ (ވ) ޝައިހް ސަލްމާންއާ ވާހަކަ ދައްކަވަނީ: ދެ ބޭފުޅުންނަކީ ވެސް ފިފާގެ ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުން.

ހަތަރު ސޮފުހާގެ އެގްރީމަންޓްގައި ވަނީ އޭޝިޔާ އާއި އެފްރިކާއިން ފުޓްބޯޅަ ކުރިއެރުވުމަށް އެއްބަޔަކު އަނެއް ބަޔަކަށާއި ދެ ފަރާތް ގުޅިގެން ކުރިއަށް އޮތް ހަތަރު އަހަރު ކުރާނެ ކަންތައްތަކެވެ.

ހަތަރު އަހަރުގެ ޓާމަކަށް ހޮވާ ފީފާގެ އިންތިހާބުގައި ވޯޓުލެވެނީ 209 ގައުމަކަށެވެ. މީގެ ތެރެއިން އޭޝިޔާ އާއި އެފްރިކާގެ ގައުމުތައް އެއްކޮށްލުމުން އެ އަދަދު 100 އަށް އަރަ އެވެ.

މިހެންވެ ޕްރިންސް އަލީ ވިދާޅުވީ މިއީ ސަލްމާނަށް ވޯޓުދިނުމަށް ކުރެވުނު އެގްރީމަންޓެއް ކަމަށެވެ. އަދި ފީފާގެ އިންތިހާބުގައި ފީފާގެ އިންތިހާބު މިހާ ގާތްވެފައިވަނިކޮށް ދުނިޔޭގެ ނުފޫޒުގަދަ ދެ ފެޑަރޭޝަނަކުން މިފަދަ އެގްރީމަންޓެއްގައި ސޮއިކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި މިކަން ފީފާގެ އެތިކްސް ކޮމިޓީން ބަލަންޖެހޭ ކަމަށެވެ. އަދި މިއީ ފީފާގެ އަސާސީ ގަވާއިދާ ހިލާފުކަމެއްކަން ނުވަތަ ނޫންކަން ވެސް ބަލަންޖެހޭ ކަމަށާއި މިނިންމުމުގެ ހަގީގަތް ހޯދަންޖެހޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345