މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕޯސްޓް މެދުވެރިކޮށް ގެނައި ދެ މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލަައިގަނެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލެންޑްސް އިން ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް ކަމަށެވެ.

އަތުލައިގަނެފައިވަނީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 2.5 މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ބަރުދަނުގައި 1008.87 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތުހުމަތުކުރެވޭ ފިރިހެން މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ.

މެފެޑްރޯން ރާއްޖެ އެތެރެކުރުމުން އެންމެ ފުރަތަމަ އަތުލައިގަތީ މިދިޔަ މާޗް އެއްވަނަ ދުވަހު އެވެ. އެފަހަރު އަތުލައިގަތީ 585 ގުރާމެވެ.