ހާމިދު އިސްމާއިލް

ޝަރީއަތް ނިމެންދެން ހާމިދު ސޭޓް ގެއަށް ބަދަލުކޮށްފި

ހާމިދު އިސްމާއިލް: މިއަދު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައި
0%
0%
0%

މަނީ ލޯންޑެރިންގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ގެ މައްޗަށްއުފުލާފައިވާ ޝަރީއަތް ނިމެންދެން އޭނާ މިއަދު ގެއަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރަށްތަކާއި ގުޅުން ހުރި މަނީ ލޯންޑްރިން މައްސަލާގައި އޭނާގެ މައްޗަށް މިހާރު ވަނީ ކޯޓްގައި ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ވެސް މިހާރު ވަނީ ވައްދާފައެވެ.

ހާމިދުގެ ފުލުހުން ތަހުގީގުކުރުމަށްފަހު ހާމިދުގެ މައްޗައް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ހާމިދު ސޭޓަކީ ހައްޔަރުކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭބެއެކެވެ.

އެންމެ ފުރަތަމަ ހާމިދު ސޭޓް ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު މެލޭޝިއާގައި ހުއްޓަ އެވެ. ރައީސް ޔާމީނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށް ތަހުގީގެއް ކުރުމަށްފަހު އޭނާ ދޫކޮށްލި ދުވަހު ދެވަނަ ފަހަރަށް ހައްޔަރު ކުރީ މަނީ ލޯންޑެރިން މައްސަލާގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345