އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 10.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅައިފި އެވެ.
މިގޮތުން ކުރާ ހަރަދުގެ 5.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކެޕިޓަލް ހަރަދަށެވެ. ރިކަރަންޓު ހަރަދަށް ކަނޑައަޅާފައިވަނީ 5.2 ބިލިއަން ރުފިޔާ އެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖު މަޝްރޫއަށް 792 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ގޮތުގައި 591.7 މިލިއަން ރުފިޔާ އާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީން 182.3 މިލިއަން ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން 17.9 މިލިއަން ރުފިޔާއާއެކު ޖުމްލަ 792 މިލިއަން ރުފިޔާ ތިލަމާލެ ބުރިޖަށް އަންނަ އަހަރު ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ކެޕިޓަލް ދޫކުރަން 734 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް މަޝްރޫއަށް 686 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ޕޭ ހާމަނައިޒޭޝަނަށް 493 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށް 422 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކ. ގުޅީފަޅު ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް 308 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެކްސެލަރޭޓިން ރިނިއުއެބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ ޕްރޮޖެކްޓަށް 218 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 2.4 ބިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއާއި ނ. މާފަރު އެއާޕޯޓް އެކްސްޓެންޝަނަށާއި މ. މުލީ އެއާޕޯޓް ގާއިމުކުރުމަށާއި ހދ. ހަނިމާދޫ އަދި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ޖުމްލަ 921.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އަންދާޒާކޮށްފައިވެ އެވެ.
އިގުތިސާދު އަދި ސިނާއީ ކުރިއެރުމަށް މިހިނގާ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ އަށް ބިލިއަން ރުފިޔާ އެވެ.