އެމްއެމްއޭ

އަމިއްލަ ފަރާތްތަކަށް 28 ބިލިއަން ރުފިޔާގެ ލޯނު

ކުޅުދުއްފުށި މާރުކޭޓްގައި މީހަކު މޭވާ ވިއްކަނީ -- ފޮޓޯ: އަވަސް
0%
0%
0%

ބޭންކްތަކުން މިދިޔަ ސެޕްޓެމްބަރު މަހު 28.3 ބިލިއަން ރުފިޔާގެ ލޯނު އަމިއްލަ ފަރާތްތަކަށް ދޫކޮށްފި އެވެ.

މަރުކަޒީ ބޭންކު—މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މިއަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭންކުތަކުން ލޯނުގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ދޫކުރީ 28.4 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު އުޅެނީ 27.9 ބިލިއަން ރުފިޔާގަ އެވެ.

ބޭންކްތަކުން މިއަހަރުގެ ސެޕްޓެމްބަރު މަހު އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ ތެރެއިން 38.1 އިންސައްތަ -- 10.7 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ.

އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ ތެރެއިން 20.8 އިންސައްތަ -- 5.8 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާ އަށެވެ. 11.5 އިންސައްތަ -- 3.2 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ ވިޔަފާރީގެ ދާއިރާތަކުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރިއަލް އެސްޓޭޓް ދާއިރާއަށް 2.1 ބިލިއަން ރުފިޔާ ދޫކުރިއިރު މަސްވެރިކަމުގެ ދާއިރާއަށް 300 މިިލިއަން ރުފިޔާ ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވެ އެވެ.

ދަތުރުފަތުރުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާއިން ވެސް ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345