އެމްއެމްއޭ

ވިޔަފާރިތައް ފަހު ކުއާޓަރުގައި ފުޅާވި: އެމްއެމްއޭ

ބާޒާރު މަތީގައި ޕިކަޕަކުން މުދާ ބާލަނީ. ވިޔަފާރީގެ ދާއިރާތައް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފުޅާވެފައިވާ ކަމަށް އެމްއެމްއޭގެ ސާވޭއަކުން ދައްކާ -- ފޮޓޯ: އަވަސް
0%
0%
0%

ވިޔަފާރީގެ ދާއިރާތައް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފުޅާވެފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުއާޓްލީ ބިޒްނަސް ސާވޭއިން ހާމަވެއްޖެ އެވެ.

އެމްއެމްއޭގެ ސާވޭގައި ޓޫރިޒަމް ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާ އާއި ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ވިޔަފާރިތައް ބައިވެރިވި އެވެ.

އިމާރާތްކުރުމުގެ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާގެ ދުވެލި ހުރީ މެދުމިންވަރެއްގައި ހުރިއިރު އެހެން ދާއިރާތައް ވަނީ ފުޅާވެފަ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޯރުކޮށްދިން ލިސްޓަކަށް އެމްއެމްއޭ އިން ވަނީ ބޮޑު 194 ވިޔަފާރިއަކަށް ސާވޭގެ ސުވާލުތައް ފޮނުވާފަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި ސާވޭގައި ބައިވެރިވީ 132 ވިޔަފާރި އެވެ.

ސާވޭ ކުރި ދާއިރާތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަޒީފާތައް ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް އިތުރުވެފައިވާކަން އެމްއެމްއޭގެ ސާވޭއިން ވަނީ ހާމަވެފަ އެވެ.

ހޯލްސޭލް އަދި ރީޓެއިލް ދާއިރާތަކުން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ތަކެތީގެ އަގު އުފުލުނުކަން ފާހަގަކޮށްފަ އެވެ.

އެމްއެމްއޭގެ ސާވޭ ކުރިއަށް ގެންދިޔައީ ޑިސެމްބަރު 25، 2022 އިން ޖެނުއަރީ 11، 2023 ވަނަ ދުވަހުގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345