ރައްޔިތުންގެ މަޖިލިސް

މަސްވެރިންނަށް ފައިސާ ނުދޭތީ ކުއްލި މައްސަލައެއް

ހޮރައިޒަން ފިޝަރީސްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެ މައްސަލަ ހައްލުކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީސްއަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް މުހިންމު ތަނެއް ކަމަށެވެ. މިހާތަނަށް އައިއިރުވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދައިދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ބާނާ މަސް ނުކިރުމުގެ މައްސަލަ އާއި ކިރާ މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަތައް ފުނިޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށާއި މިވަގުތުވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން ފައިސާ ހޯދުމަށް އިޖުތިޖާޖު ކުރަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު މިއީ މަސްވެރިކަން އެ ސަރަހައްދުގައި ހުއްޓިދާނެ ފަދަ ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ. މިއީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ އެމީހުންނަށް ލިބެންޖެހޭ އާމްދަނީ ހިފެހެއްޓުން ކަމުގައި ދެކޭ ކަމަށެވެ.

މިކަމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރި އާއިލާތަކަށް ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތައްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

މަސްވެރިން އިޖުތިޖާޖު ފެށީ ހޮނިހިރު ދުވަހު ހެނދުނު އެވެ. މަހުގެ ފައިސާ އަވަސްކުރުމަށާއި ތެލުގެ އަގު ހެޔޮކުރުމަށް އިހުތިޖާޖުގައި ވަނީ ގޮވާލާފައެވެ.