ޖިންސީ ފުރައްސާރަ

އުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

ހދ. ވައިކަރަދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހު 11 ވަނަ ދުވަހު ކަމަށެވެ.

ވައިކަރަދޫ އިން އަވަސްއާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެރަށު މީހެއް ނޫނެވެ.

"މައްސަލަ ފެންމަތިވުމާއެކު އެ މީހާ ވަނީ ފުރައިގެން ގޮސްފައި. ފުލުހުންނާ އެ މައުލޫމާތު ވަނީ ހިއްސާކޮށްފަ،" އެމީހާ ބުންޏެވެ.

މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ އެހުމުން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.