މިއުވާން މުހައްމަދު

ފުލުހާއި ސިފައިންގެ ފްލެޓްތައް މިދައުރުގައި ހަވާލުކުރާނަން

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށް ހަދަމުންދާ ފްލެޓްތައް
0%
0%
0%

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމާ ނުލެވުނު ކަމަށެވެ. ނަމަވެސް މިސަރުކާރުގައި އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

މެނިފެސްޓޯގައި ހިމަނާފައި ހުރި ބައެއް މަޝްރޫއުތައް ފެށުން ކޮވިޑްގެ ސަބަބުން ލަސްވި ކަމުގައި މިއުވާން ވިދާޅުވި އެވެ. ކޮވިޑަށްފަހު ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަސަރުކޮށް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެންވެސް ބައެއް މަޝްރޫއުތައް ލަސްވި ކަމުގައި ވިދާޅުވި އެވެ.

"އެހެން ނަމަވެސް މަޝްރޫއުތައް ކުރިއަށްދާނެ،" މިއުވާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް 2013 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ. އޭގެ ފަހުން މިމަސައްކަތް ނިންމަން ދެވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19އާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ހުއްޓާލިއިރު ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓާއި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތުގެ އިތުރުން ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ނިންމާފައިވެ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 10 އަހަރު ވާން ކައިރިވެފައިވާއިރު ފްލެޓްތައް ނިންމުން މިހާ ބޮޑަށް ލަސްވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އާއިލާތަކުން ކަމާ ގުޅޭ އިދާރާތަކުގައި ޝަކުވާ ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު މަނިކް

ހައްދާލަން ހަބަރެއް ލިޔެލީ. 100 ދުވަހުން ނިނމަން ބުނިތަނެއް މީ މިވެރިކަމުގަ. ވޯޓް ހޯދުމުގެ ބޭނުމުގަ އާއި ވެރިން މަގާމް ދިފާއު ކުރަންށާއި އަމިއްލަ މަންފާ ހޯދަން ތިތަންން ލަސްކުރީ ދޭނެ ވޯޓެއް ހަރާމް ކިބުލައް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345