މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލަށް ޑްރަގު ވައްދަން އުޅުނު އޮފިސަރަކު ޑްރަގާ އެކު ހައްޔަރުކޮށްފި

Nov 21, 2022
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު މިރޭ ކުރެެއްވި ޓްވީޓެއްގައި ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.

ކޮމިޝަނާ ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި،" ސީޕީ ވިދާޅުވި އެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެެވެ.