މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް އައްޑޫގައި ގާއިމުކުރަނީ

އަައްޑޫ ސިޓީގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ގާއިމުކުރުމަށްޓަކާ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ މާލެއިން އިން ބޭރުގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ގާއިމުކުރުމަށް ކުރާ ފުރަތަމަ މަސައްކަތެވެ.

މި ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ބަހައްޓަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރޭޝަނަށް 500 ރުފިގެ ފީއެއް ދައްކަންޖެހެ އެވެ.

އައްޑޫ ސިޓީގައި މިހާރު ވެސް ފުލުހުންގެ ވަރަށް ގިނަ މަރުކަޒުތައް އެބަހުއްޓެވެ. މީގެތެރޭގައި ވަކި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކެޑަމީ ވެސް ހިމެނެ އެވެ.