ދުނިޔެ

ކެމަރޫންގައި މަރުވި މީހުން އަދަދު 15 އަށް

Nov 28, 2022

ކެމެރޫންގެ ޔައުންޑޭގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އިތުރުވެ އެތައް ބަޔަކު ވީނުވީ އެއް ނޭނގި ގެއްލިއްޖެ އެވެ.

ޔައުންޑޭގެ އިރުމަތީ ސަރަހައްދެއްގައި އިއްޔެ މިހާދިސާ ހިނގީ ބަޔަކު މަރުވެގެން ޖަނާޒާއެއް ބޭއްވި ވަގުތެއްގަ އެވެ.

ޖަނާޒާ ބޭއްވީ ބިންގަނޑު ކަޑައިގެން ގޮސްފައިވާ ކޯރެއްގެ އައްސޭރި ފަށުގައި 20 މީޓަރު ތިރީގައި އޮތް ފުޓުބޯޅަ ދަނޑެއްގައި ޓެންޓުތަކެއް ޖަހައިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިންގަނޑު ކަނޑައިގެން އެތަނުގެ ދަށުގައި ތިބި މީހުންގެ ބޯމައްޗަށް ފަސްގަނޑު ވެއްޓުމުން އެމީހުން އެތަނުގައި ތާށިވެގެން މަރުވީ އެވެ.

ޔައުންޑޭވެސް ހިމެނޭ ކެމަރޫންގެ ސެންޓްރަލް ރީޖަނުގެ ގަވަނަރު ޕައުލް ބީ ވިދާޅުވީ އޭނާ އެތަނަށް ޒިޔާރަތްކުރެއްވިއިރު 10 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އަދި އޭގެ ކުރިންވެސް އިތުރު 4 މީހެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބީ ވިދާޅުވި ގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިތުރު 12 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. ބިންގަނޑު ކަޑައިގެން ދިޔަ ސަރަހައްދަކީ "ވަރަށް ނުރައްކާތެރި" ސަރަހައްދެއް ކަމަށް ވިދާޅުވެ އެ ސަރަހައްދަށް އާންމުން ނުދިއުމަށްވެސް ބީ އިލްތިމާސް ކުރެއްވި އެވެ.