އެމްއެމްއޭ

ބޭންކުތަކުގައި ފައިސާ ރައްކާކުރާ މިންވަރު މަދުވެއްޖެ

ބޭންކްތަކުގައި ފައިސާ ރައްކާ ކުރި މިންވަރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 10 ޕަސެންޓް ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން ދަށަށް ދިޔަ ޑިޕޮސިޓްގެ 76 އިންސައްތަ އަކީ ބޭރު ފައިސާގެ ޑިޕޮސިޓެވެ.

ބޭންކްތަކުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑިޕޮސިޓްކުރި އަދަދު 52.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭންކްތަކުން ލޯން ދޫކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. ތިންވަނަ ކުއާޓަރުގައި 32.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއިރު މިއީ ދެ ޕަސެންޓްގެ އިތުރުވުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކްތަކަށް ލިބުނު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަހަރު ފެށުނީންސުރެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ލިބުނު ފައިދާ 3.3 ބިލިއަނަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދެ އިންސައްތަ އިތުރުވުމެކެވެ.