އެމްއޭސީއެލް

އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް 23 ޕަސަންޓް އިތުރު

ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 23.5 އިންސައްތަ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އައި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދަކީ 12،345 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 9،997 ފްލައިޓެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ ތެރެއިން ޝެޑިއުލް ފްލައިޓްގެ ދަތުރުތައް އިތުރުވި ނަމަވެސް ޗާޓަޑް ފްލައިޓް އަދި ޕްރައިވެޓް ޖެޓްގެ ދަތުރުތައް މިދިޔަ އަހަރަށްވުރެ މިއަހަރުގެ މި މުއްދަތުގައި ހުރީ ދަށުގަ އެވެ.

ޝެޑިއުލް ފްލައިޓް އަދި ކާގޯ ފްލައިޓް ހިމެނޭ ގޮތަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 10،582 ފްލައިޓް ދަތުރުކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދުތައް އުޅޭނީ 8،009 ގައެވެ.

ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި މިއަހަރު އޮކްޓޫބަރުގެ ނިޔަލަށް 1،763 ފްލައިޓް ރާއްޖެ އައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި އައީ 1،988 ފްލައިޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރުވެސް ރާއްޖެއަށް 30 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އެއާލައިނުން ދަތުރުކުރެ އެވެ. މީގެތެރޭގައި ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ ބޮޑެތި އެއާލައިންތައް ހިމެނެ އެވެ.