އަހުމަދު ރިލްވާން

ރިލްވާންގެ ތަހުގީގު ރިޕޯޓު މިއަދު ރައީސަށް އަރުވަނީ

Dec 15, 2022
1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް އަރުވަން ނިންމައިފި އެވެ.

ރިލްވާންގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަހަރު ނިމުމުގެ ކުރިން ރައީސް ސޯލިހްއަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފަ އެވެ.

މަރުތައް ބަލާ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ޝަރީއަތް ކުރިއަށްދާކަން މިއުވާން އޭރު ފާހަގަކުރެއްވި އެވެ.

ރިލްވާން ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔައީ އޮގަސްޓް 2014ގައި ހުޅުމާލެއިންނެވެ.

ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ބައެއްގެ މައްޗަށް ދައުވާވެސް އުފުލާފަ އެވެ. އެގޮތުން ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު 40 އަށެވެ.