އެފްކޮންސް

އެފްކޮންސްގެ މުވައްޒަފުން މުޒާހަރާ ކުރަނީ

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދަނީ ގުޅީފަޅުގަ އެވެ.

އެމީހުން މުޒާހަރާ ކުރަމުންދަނީ ކީއްވެގެންކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ ގުޅީފަޅުގައި އެފްކޮންސްގެ މުވައްޒަފުން ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު މިއަދު 10:32 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާއިރު ގުޅީފަޅުގައި އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއްގައި އިއްޔެ ރޭ ވަނީ އަލިފާން ރޯވެފަ ވަރަށް ބޮޑަށް އަނދާފަ އެވެ.