ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އިލެކްޝަންސް ކޮމިޝަނަށް ރައީސްގެ ނުފޫޒެއް ނޯންނާނެ"

އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު---ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ މިނިވަން މުއައްސަސާތަކަށް އެއްވެސް އިރަކު ނުފޫޒު ފޯރުއްވަމުން ގެންދަވާ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ އެމްޑީޕީގެ ދަފްތަރަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މީހުންނަކީ ރައީސް ސޯލިހަށް ތާއީދު ނުކުރާ ބައެކެވެ.

ނަޝީދުގެ ނަން ވިދާޅުނުވެ މިއުވާން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައީސް ސޯލިހް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް މިނިވަން އެއްވެސް މުއައްސަސާތަކަށް ނޯންނާނެ،" މިއުވާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ އެފަދަ ތުހުމަތެއް ކުރެވޭނަމަ ހުށަހަޅަންޖެހޭ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށް ތުހުމަތުތަކެއްވެސް ކުރެވޭ މައްސަލައިގައި މިއުވާން ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެއްވެސް އިންތިހާބަކާ ދިމާކޮށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345