މޯލްޑިވްސް ޕޮލިސް ސާވިސް

ބޭބެގެ ބޯ ފަޅާލި އަންހެން މީހާގެ ބަންދަށް 15 ދުވަސް

އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއްގައި ބޭބެގެ ބޯ ފަޅާލައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ހެންވޭރުގެ ގެއެއްގައި ހިނގި އާއިލީ ހަމަނުޖެހުމެއްގައި އުމުރުން 37 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ އަންހެނެކެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 12:21 ހާއިރު އެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ދެ މީހުން ޒުވާބުކުރުމަށްފަހު އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިންގާފައިވަނީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.