ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ގއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށަކަށް ފުރާވަޑައިގަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގއ. ދާންދޫ އަށެވެ. އެއަށްފަހު ގއ. ނިލަންދޫއަށާއި ގއ. މާމެންދޫއަށް ވަޑައިގަންނަވާނެ އެވެ.

ރައީސް މިރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިތިން ރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާނެ އެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އިދާރާތަކަށް ޒިޔާރަތް ކުރައްވާނެ އެވެ.

ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހް މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345