ހަބަރު

ބަށި ކޯޓުގެ މައްސަލަ ހޫނުވުމުން ކޯއްޓުން މުބާރާތް ހުއްޓުވައިފި

ދާންދޫގައި ކުރިއަށްގެންދިޔަ ގއ އަތޮޅު ލީގު - ޒަމާނީ ބަށިބޯޅަ މުބާރާތުގެ ތެރެއިން ފޮޓޯ: ދާންދޫ ކައުންސިލް --
0%
0%
0%

ގއ. ދާންދޫ ކައުންސިލް އާއި އެ ރަށު އަންހެނުންގެ ކޮމިޓީ ބަށިބޯޅަ ފައުންޑޭޝަނާ ގުޅިގެން ބާއްވާ "ގއ. އަތޮޅު ލީގު - ޒަމާނީ ބަށިބޯޅަ މުބާރާތް 2019" އިގެ ފައިނަލް މެޗު ކޯޓު އަމުރަކާއެކު ހުއްޓުވައިފި އެވެ.

މި މަހުގެ 26 ގައި ފަސް ޓީމާއެކު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅެން އޮތީ މިއަދު އެވެ.

އނަމަވެސް، ފައިނަލް މެޗާ ހަމައަށް ދިޔަ އިރު މި މުބާރާތުގައި ކުޅުނު ޓީމަކާއި މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެމެދު ނުތަނަވަސް ކަމެއް އުފެދި އެ މައްސަލަ ހައްލު ކުރެވެންދެން މިއަދު ހަވީރު ކުޅެން އޮތް ފައިނަލް މެޗު ކުރިއަށް ނުގެންދަން ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ، މި ކޯޓު އަމުރު ލިބުމާއެކު ފުލުހުން ދާންދޫ ކައުންސިލާ މަޝްވަރާ ކުރުމުން ކައުންސިލުން ކޯޓު އަމުރަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި މައްސަލަަ ސުލްހަވެރިކަމާއެކު ހައްލު ކުރަން އެންމެން ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މައްސަލަ އާ ބެހޭ ގޮތުން ދާންދޫ ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، ގައިވައިދުގައި ޖެހުނު މައްސަލަ އެއްގެ ސަބަބުން މުޅި މުބާރާތްވެސް ހުއްޓުނީ ކަމަށެވެ.

މި މައްސަލަ ހިނގަން މެދުވެރިވީ ފައިނަލްގައި ކުޅޭ މެޗުތައް އިއުލާން ކުރުމުން ގިނަ ބަޔަކު އުއްމީދު ކުރި ޓީމް ފައިނަލަށް ނުދިއުމުން ކަމަށެވެ. އިސްމާއިލް ވިދާޅުވީ ފައިނަލަށް ދިޔައީ ދާންދޫ "ކަމަނަ" ޓީމާއި މާމެންދޫ "ގަދަ ހިފުން" ކަމަށެވެ.

މާމެންދޫ ޓީމު ފައިނަލަށް ދިޔައީ ދެ މެޗުން ދައްވެގެނެވެ. ފައިނަލަށް ދާނެ ކަމަށް ހީކުރި ނިލަންދޫ ޓީމު ތިން ވަނަ އަށް ދިޔަ އިރު އެ ޓީމު އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ. އެކަމަކު ދެ މެޗުން ބަލިވެފައިވާ ޓީމެއް ފައިނަލަށް ދިއުމުން މައްސަލަ ހޫނުވީ އެވެ.

ނަމަވެސް ބަށިބޯޅަ ފައުންޑޭޝަންގެ ގަވައިދު އޮންނަ ގޮތުން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެވެ.

"މެޗުތައް ފެށުމުގެ ކުރިން ގަވައިދުވެސް ހިއްސާ ކުރިން އަޅުގަނޑުމެން. ގަވައިދުގައި އޮންނަނީ ފައިނަލަށް ދާނީ ޕޮއިންޓު ގިނައިން ލިބޭ ދެ ޓީމަށް ކަމަށް. ޕޮއިންޓު މި ދެނީ ފޯލި ހަދާ ޓީމަށް. މެޗުން މޮޅުވެގެން އިތުރު ޕޮއިންޓެއް ނުލިބޭ،"

މި މައްސަލަ ކޯޓަށް ހުށަހެޅީ ނިލަންދޫ ޓީމުންނެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345