ގައުމީ އަންހެން ފުޓްބޯޅަ ޓީމު ރޭ ބަހުރޭނަށް ފުރައިފި އެވެ.
މި ޓީމު ބަހުރޭނަށް ކުރާ ދަތުރަކީ އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި ބަހުރޭނުގެ ގައުމީ އަންހެން ޓީމާއެކު ރާއްޖޭގެ ޓީމު އެއް މެޗު ކުޅޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ސާކުގެ އަށް ގައުމުގެ ތެރެއިން ހަމަ ގައުމު ވާދަކުރާ އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ހިމެނެނީ ލަންކާ އާއި ނޭޕާލެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ނޭޕާލާ އެވެ.
ގޭމްސްގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި އަފްގާނިސްތާނާއި ބަނގްލަދޭޝް އެވެ.