ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޝިއާއުގެ މަރު: ޝާހިލްގެ މައްޗަށް ފަސް ދައުވާ

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ މައްޗަށް ފަަސް ދައުވާއެއް ކުރުމަށް ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ވަނީ ޝިއާއުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޝާހިލްގެ މައްޗަށް ދައުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ޝާހިލްގެ މައްޗަށް ކުރަން ހުށަހަޅާފައިވާ ހުރިހާ ދައުވާއެއްގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމުގައި އެ އޮފީހުން ބުނެެ އެވެ.

ޝާހިލްގެ މައްޗަށް ކުރެވޭ ދައުވާތައް:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުން
  • މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުން

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.

ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.