ގްރީން ފަންޑަށް މިއަހަރުގެ ނޮވެމްބަރު މަހު 76.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ނޮވެމްބަރު މަހުގެ ގްރީން ފަންޑް ރިޕޯޓްގައިވާ ގޮތުން އެމަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން ގްރީން ފަންޑަށް 26.3 މިލިއަން ރުފިޔާ ލިބުނެވެ.
އދ. އަތޮޅުން ގްރީން ފަންޑަށް މިދިޔަ މަހު 7.9 މިލިއަން ރުފިޔާ ލިބުނުއިރު ރ. އަތޮޅުން 7.7 މިލިއަން ރުފިޔާ ލިބުނެވެ.
ގްރީން ފަންްޑްގައި މިވަގުތު ހުރީ 826.8 މިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑަށް ލިބުނު އާމްދަނީ މަހުން މަހަށް
- ޖެނުއަރީ - 95.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 91.4 މިލިއަން ރުފިޔާ
- މާޗް - 105.7 މިލިއަން ރުފިޔާ
- އެޕްރީލް - 87.2 މިލިއަން ރުފިޔާ
- މޭ - 96.5 މިލިއަން ރުފިޔާ
- ޖޫން - 70.8 މިލިއަން ރުފިޔާ
- ޖުލައި - 61.4 މިލިއަން ރުފިޔާ
- އޮގަސްޓް - 73 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 77.6 މިލިއަން ރުފިޔާ
- އޮކްޓޫބަރު - 61 މިލިއަން ރުފިޔާ
- ނޮވެމްބަރު - 76.2 މިލިއަން ރުފިޔާ
ގްރީން ފަންޑުން ނޮވެމްބަރު މަހު ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް 40 އަށް ވުރެ ގިނަ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެފަންޑުން ނޮވެމްބަރު މަހު މަޝްރޫއުތަކަށް 51.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ޖުލައިގެ ނިޔަލަށް ނެގީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.