ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ހުރި ޓީއެމްއޭގެ ސިސްޓަމް ޑައުންވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސިސްޓަމް ޑައުންވެއްޖެ އެވެ.

ވީއައިއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓީއެމްއޭގެ ސިސްޓަމް ޑައުންވުމުގެ ސަބަބުން ޗެކިން ކުރުމުގައި ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ފަތުރުވެރިން ރިސޯޓްތަކަށް ދިއުމަށް ޓީއެމްއޭގެ ފްލައިޓްތައް ބޭނުންކުރާއިރު ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން މިއަދު ހެނދުނުއްސުރެ ވީއައިއޭގައި ވަނީ ކިއޫތައް ދިގުވެފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ޗެކިން ހަދަމުން ދަނީ މެނުއަލް ކޮށެވެ.

ކިޔޫތައް ދިގުވުމުގެ ސަބަބުން ބައެއް ފަތުރުވެރިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިދުވަސްވަރަކީ އާ އަހަރުގެ ޗުއްޓީ ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާޢްޖެ ޒިޔާރަތްކުރާ ދުވަސްވަރެކެވެ.