މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ އަހަރު ވައްކަމުގެ 3،970 މައްސަލަ

މިދިޔަ އަހަރު އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރު ޖުމުލަ 11،371 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓުގެ މައްސަލަ އެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

  • އެއްޗެހި ގެއްލުން: 1،410 މައްސަލަ
  • ފޭރުން: 374 މައްސަލަ
  • އަނިޔާކުރުން: 515 މައްސަލަ
  • ގެވެށި އަނިޔާ: 227
  • ޖިންސީ ގޯނާ: 330 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓް: 1،608 މައްސަލަ
  • ޗެކް ބައުންސް: 15 މައްސަލަ
  • ވައްކަން: 3،970 މައްސަލަ
  • މަސްތުވާތަކެތި: 1،423 މައްސަލަ
  • މަކަރާއި ހީލަތް: 908 މައްސަލަ
  • މުދަލަށް ގެއްލުން ދިނުން: 475 މައްސަލަ
  • ފޯޖް ކުރުން: 116 މައްސަލަ

ރާއްޖޭގައި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ކުށްކުށުގައި ބިދޭސީން ބައިވެރިވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުދެވި ކޯޓުތަކުން ސަލާމަތްވުމަކީ ވެސް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.