މޯލްޑިވްސް ޕޮލިސް ސާވިސް

ފެބްރުއަރީގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓުތައް

މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމުލަ 1،022 މައްސަލަ އެވެ. މިއީ ފުލުހުން ކޮންމެ މަހަކުވެސް އާންމު ކުރާ ތަފާސްހިސާބުތަކެކެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ 291 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ޓްރެފިކް އެކްސިޑެންޓުގެ 195 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ އެހެނިހެން މައްސަލަތައް

  • މަސްތުވާތަކެއްޗާ ގުޅޭ 159 މައްސަލަ
  • އެއްޗެހި ގެއްލުމުގެ 148 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 55 މައްސަލަ
  • އަނިޔާކުރުމުގެ 47 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ 43 މައްސަލަ
  • ފޭރުމުގެ 30 މައްސަލަ
  • ޖިންސީ ގޯނާގެ 25 މައްސަލަ
  • ގެވެށި އަނިޔާ 18 މައްސަލަ
  • ފޯޖް ކުރުމުގެ 9 މައްސަލަ

މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެނީ ފޭކް ލިންކްތައް ބޭނުންކޮށްގެން މީހުންގެ އެކައުންޓްތަކުގައި ހުންނަ ރުފިޔާ ފޭރުމާއި މަކަރާ ހީލަތުން ސައްހަ ނޫން ޑޮކިއުމެންޓްތައް ހަދައިގެން މަންފާ ހޯދާ މައްސަލަތަކެއްގެ ވާހަކަ އެވެ.

ފުލުހުން ދަނީ މިފަދަ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.