މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކުމާއި ވަގުފާރީގެ މައްސަލައިގައި 32 މީހަކު ހައްޔަރުކޮށްފި

ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ އެކި މައްސަލަތަކުގައި މިދިޔަ އަހަރު 32 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ހަށިވިއްކުމާއި އިންސާނީ ވަގުފާރީ ހުއްޓުވަން މިދިޔަ އަހަރު 25 އޮޕަރޭޝަނެއް ހިންގި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހަ ދިވެހިންނާއި 26 ބިދޭސީން ހިމެނެ އެވެ. ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ އެކި މައްސަލަތަކުގައި 28 މީހަކު މިދިޔަ އަހަރު ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން 14 އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިރު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން 11 ކުރިއަށް ގެންދިޔަ އެވެ.

ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ 11 މައްސަލައެއް ފުލުހުން މިދިޔަ އަހަރު ތަހުގީގުކުރި އެވެ.