- ޝޯގެ މަންޒަރުތައް ރީތި ކުރުމުގައި ސޭމްގެ ޒިންމާ ވަރަށް ބޮޑު
- ޓީވީއެމްގައި މަސައްކަތް ކުރާތާ މިހާރު ހަ އަހަރު
- މޯލްޑިވިއަން އައިޑޮލް އަކީ އެންމެ ބޮޑު ގޮންޖެހުން
ވަރަށް ގިނަ ގްރެފިކްސް ޑިޒައިނަރުން އެބަތިއްބެވެ. ނަމަވެސް މިއީ ތަފާތު ހުނަރުވެރިއެކެވެ. އޭނާގެ ޒިންމާއަކީ "މޯލްޑިވިއަން އައިޑޮލް" ގައި ދައްކާ ހުރިހާ މަންޒަރުތަކަށް "ދިރުން" ގެނެސް ދިނުމެވެ. މިއީ "މޯލްޑިވިއަން އައިޑޮލް" ގެ އެނިމޭޝަންސް އާއި ގްރެފިކްސްގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތެރިވަމުން އަންނަ މުހައްމަދު ސަމާހު މައުސޫފް ނުވަތަ އާންމު ނަމުންނަމަ "ސޭމް" އެވެ.
"ބައިވަރު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރެވިއްޖެ. މި މަސައްކަތް ވަރަށް ތަފާތު. މޯލްޑިވިއަން އައިޑޮލްއަކީ ފްރެންޗައިޒަކަށް ވުމުން އެނިމޭޝަންގެ ހަދަން ޖެހެނީ ވަކި ސްޓޭންޑަޑަކަށް،" ޓީވީއެމްގައި ދައްކާ މަންޒަރުތަކުގެ ގްރެފިކްސް މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ޒުވާން، ސޭމް ބުންޏެވެ.
ޓީވީއެމްގައި މަސައްކަތް ކުރާތާ ހަ އަހަރުވެފައިވާ ސޭމްގެ އެންމެ ފުރަތަމަ ވަޒީފާއަކީ ޓީވީއެމްއެއް ނޫނެވެ. ފުރަތަމަ މަސައްކަތް ކުރީ "އޯޑިއޯ ވިޝުއަލް މީޑިޔާ" ގަ އެވެ. އޭގެ ފަހުން ޓީވީއެމް "ޔޫތު ޓީވީ" ގައި ވެސް އުޅުނެވެ. ޓީވީއެމްގައި އޭނާގެ ފުރަތަމަ ވަޒީފާއަކީ އެނިމޭޓަރެއްގެ ޖޮބެވެ. އޭގެ ފަހުން ސީނިޔަ އެނިމޭޓާ އެއްގެ މަގާމުގައި އުޅުމަށްފަހު، މިހާރު ސޭމްގެ ޒިންމާގެ ދަށުން ޓީވީގެ ބޮޑެތި ޕްރޮޖެކްޓްތައް ބަލަހައްޓަ އެވެ.
"ޓީވީއެމްގެ ހުރިހާ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރެވިއްޖެ. ޓީވީގެ ބްރޭންޑިން، މަޖިލީސް ޓީވީގައި އުޅުނުނިން. މިގޮތަށް ގޮސް ގިނަ މަސައްކަތްތަކެއްގައި އުޅެވިއްޖެ،" ސޭމް ބުންޏެވެ.
މި ހުރިހާ ޕްރޮޖެކްޓެއްގައި އުޅުނުނަމަވެސް، "މޯލްޑިވިއަން އައިޑަލް" ސޭމްއަށް ތަފާތެވެ. އެއް ސަބަބަކީ މި ޝޯއަކީ ބޭރުގެ ބޮޑު ޝޯވްއަކަށްވުމެވެ. ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ފައްތައިގެން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވުމެވެ.
"މީގައި ބައެއް ފަހަރު ޖެހޭ ވަރަށް ގިނަ ވަގުތު ހޭލައި އުޅެންވެސް. ހޭލައި ހުއްޓަސް ޑެޑްލައިނަށް މީޓް ކުރުން [މަސައްކަތް ] ނިންމުން އޮންނަނީ،" ސޭމް ބުންޏެވެ.
ސޭމްގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތައް މިހާރު ހަމައެކަނި ބަލައި ގަންނަނީ ޓީވީއެމްގެ އިސްވެރިންނެއް ނޫނެވެ. އޭނާގެ މަސައްކަތަށް އައިޑޮލްގެ ފްރެންޗައިޒް ކުންފުނި ފްރެމެންޓަލް މީޑިއާ އިން ދަނީ ތައުރީފު އޮއްސަމުންނެވެ.
"ކޮންމެ އެއްޗެއް ނިންމާފަ އިންޑިޔާ އާއި ޔޫކޭ އަށް ފޮނުވަން ޖެހޭ. ފޮނުވުމުން އެކޮޅުން ލިބެނީ ވަރަށް ޕޮޒިޓިވް ކޮމެންޓް. އެހެންވެ ވަރަށް ބޮޑަށް އުފާވޭ،" ސޭމް ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގައި ސޭމް ހަދާފައިވާ މޮޅު ގްރެފިކްސްތަކާއި އެނިމޭޝަންތައް އަދި ކުރިއަށް އޮތީ އެވެ. އޭނާ ބުނަނީ ބުރަ މަސައްކަތް އަދި ކުރިއަށް އޮތީ ކަމަށެވެ.
"ޝޯ ބާއްވާ ސެޓު ވެސް ޖެހޭ ތްރީޑީކޮށް ހަދައި ދައްކަން. މިއީ ވަރަށް ބުރަ ކަމެއް،" ސޭމް ބުންޏެވެ.
"ކޮންމެ ކަމެއް ވެސް ކުރެވޭނީ ޕެޝަން ހުރެގެން. ބައެއް ފަހަރު ގެއަށް ނުދެވި ވެސް ދެ ދުވަސްވަރު އުޅެން ޖެހޭ. ރައްޓެހިންނާ ވެސް ބައްދަލު ނުވެ، އުޅެން ޖެހޭ. އެކަމު ހުރިހާ މީހުން ވެސް ވަރަށް އަންޑަސްޓޭންޑިން ވާނެ."